English Edition
Dhivehi Edition
ފޮޓޯ: ޝަމްސުއްދީން ސްކޫލް

އިނގިރޭސިވިލާތުގެ ގާލްގައިޑުންގ އާ ގުޅިގެން ދިވެހިރާއްޖޭގެ ގާލް ގައިޑުން ބާރުވެރިކުރުމުގެ ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ގާލްގައިޑުން ދުނިޔޭގެ އެކި ގައުމުތަކުގެ ގާލްގައިޑުންނާ ގުޅިގެން ހިންގާ ގައިޑިން އޯވަސީސް ލިންކްޑް ވިތު ޑިވޮލޮޕްމަންޓް (ގޯލްޑް) ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި މާލޭގެ ހުރިހާ ސްކޫލުތަކުގެ އިިތުރުން އައްޑޫސިޓީ އާއި ކުޅުދުއްފުށީ ސްކޫލުތަކުގެ ގާލްގައިޑުގައި ހަރަކާތްތެރިވާ 1000 އެއްހާ ކުދިން ބައިވެރިވެއެވެ

ފޮޓޯ:ޝަމްސުއްދީން ސްކޫލް

މި ޕްރޮގްރާމްގެ ދަށުން އަންހެން ކުދިން ބާރުވެރިކުމުގެ ގޮތުން ހިންގާ ސެޝަންތަކުގައި ލީޑާޝިޕާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތްތަކުގެ ގާލްގައިޑް އެސޯސިއޭޝަންގެ ދަރިވަރުން އައްޑޫ އަދި ކުޅުދުއްފުށްޓަށްވެސް ދިޔުމަށް ވަނީ ހަމަޖެހިފައެވެ

މިއީ މި ޕްރޮގްރާމް ރާއްޖޭގައި މެދު ކެޑުމެއް ނެތި ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ