English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާ ތަންތަން އިއުލާނު ކޮށްފި އެވެ

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މާލެ ރައްޔިތުންނާއި ރަށްރަށުގައ ރައްޔިތުންނަށް ޖުމްލަ 128 ވޯޓު ފޮށި ބަހައްޓެމަށް ހަމަޖެހިފައިވާއިރު 07 ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓްފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ރިސޯޓްތަކަކީ ކުރަމަތި އައިލެންޑް ރިސޯޓް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް، ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ، ބަނޑޮސް މޯލްޑިވްސް، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ، ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް އަދި ކުރެއްދޫ އައިލެންޑް ރިސޯޓެވެ

ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ޖަލުތަކަކީ މާލެ ޖަލު،މާފުށީ ޖަލު، ދޫނިދޫ ޖަލު އަދި އައްސޭރި ޖަލުގަ އެވެ.ސިނާއީ މަސައްކަތް ކުރާ ރަށްރަށުގެ ތެރޭން ތިލަފުށި، ކޫއްޑޫ، ގަން، ހުޅުލެ، ފެލިވަރު އަދި ކައްދޫގައިވެސް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވަނީއިންޑިއާގެ ޓްރިވެންޑްރަމްގައި އެއް ފޮށި އަދި ކޮލަމްބޯގައި ދެ ފޮށި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އެއް ފޮށި އަދި ލަންޑަނުގައި އެއް ފޮއްޓެވެ