English Edition
Dhivehi Edition

ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކަފައިވާ މިސްރުގެ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ

އާ ސީޒަން ފެށުމުގެ ކުރިން އިއްޔެ ދުބާއީ މަގުން، އެމިރޭޓްސް އެއާލައިނުން ސަލާހް ރާއްޖެ އައީ އާއިލާއާ އެއްކޮށެވެ. ސަލާހް ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައިކަން އަދި އެގިފައި ނުވާއިރު ރާއްޖޭގައި ސަލާހް ޗުއްޓީ ހޭދަކުރާނީ ކިހާ މުއްދަތަކަށް ކަމެއް ވެސް އަދި އެގިފައެއް ނުވެއެވެ

ސްވިޒަލެންޑުގެ ބަސެލްގައި ވިދާލި ސަލާ އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް އައީ ޗެލްސީގެ ޖާޒީގައި 2013 ގަ އެވެ.ސަލާހް ވަނީ 28 އަހަރަށް ފަހު މިސްރު ވޯލްޑްކަޕަށް ކޮލިފައިކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ