މިސްރުގެ މަޝްހޫރު ކުޅުންތެރިޔާ މުހައްމަދު ސަލާހް، ލިވަޕޫލްގައި ދިރިއުޅޭ ގޭގެ އެޑްރެސް ފޭސްބުކް މެދުވެރިކޮށް ލީކް ކޮށްލުމާއި، ގުޅިގެން އޭނާގެ ގެ ކައިރިއަށް ގިނަ އަދަދެއްގެ ބަޔަކު އެއްވެއްޖެއެވެ.
ސަލާހްއަށް ތާއިދުކުރާ ގިނަ އަދަދެއްގެ ބަޔަކު އޭނާ ދިރިއުޅޭ ގޭގެ ކައިރިއަށް އެއްވުމުން ސަލާހްވަނީ އެމީހުންނާއި ބައްދަލުކޮށްފައެވެ. ސަލާހްގެ އެޑްރެސް ފޭސްބުކްގައި ލީކްކޮށްލުމާއި ގުޅިގެން އޭނާ ދިރިއުޅޭ ގޭގެ ކައިރިއަށް އެއްވި ގިނަ މީހުންނަށް އޮޓޯގްރާފްދީ އެ މީހުންނާއި ސަލާހް ބައްދަލުކުރުމުން ގިނަ ބަޔަކުވަނީ ސަލާހްއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ،
މިއަަހަރުގެ ވޯލްޑްކަޕްގައި މިސްރުގެ ޓީމަށް ދެލަނޑު ކާމިޔާބުކޮށްދީފައިވާ ސަލާހް އާއި ބެހޭ ގޮތުން ގިނަ ބަޔަކު ބުނެފައިވަނީ އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށެވެ
މިއަހަރުގެ ވޯލްޑްކަަޕް އިން މިސްރު އަލްވަދާއު ކިޔާފައިވާއިރު ސަލާހްވަނީ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފައެވެ.