English Edition
Dhivehi Edition

މިދިޔަ ސީޒަނުގައި ލިވަޕޫލްގައި މޮޅުކުޅުމެއް ދައްކައި ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މިސްރުގެ ތަރި މުހައްމަދު ސަލާހް ލިވަޕޫލް އާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ދުނިޔޭގެ މަޝްޙޫރު ގިނަ ކުލަބްތަށް ކަމަށްވާ ބާސެލޯނާ،ރިއަލްމެޑްރިޑް އަދި ޖުވެންޓަސް އިން ސަލަޙް ގެންދަން ދުނިޔޭގެ ރިކޯޑް ފީއެއެއް ހުށައެޅުމަށް ތަށްޔާރުވަމުންދާއިރު ސަލާޙް ވަނީ އޭނާގެ މިހާރުގެ ކުލަބް ލިވަޕޫލް އާއި އެކު އިތުރު 5 އަހަރު މަޑުކުރަން ނިންމާފައެވެ.

ލިވަޕޫލުން ސަލާހް އާ އެއްބަސްވުން 5 އަހަރުގެ ދުވަހުގެ މުއްދަތަށް އާކޮށްފައިވާއިރު މި އެއްބަސްވުމާއެކު އޭނާގެ މުސާރަ ވަނީ ހަފްތާއަކު 200،000 ޕައުންޑަށް ބޮޑުކޮށްފައެވެ.

ލިވަޕޫލްގެ ކ ލިވަޕޫލްގެ ކޯޗު ބުނީ ސަލާހް މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު އޭނާ އެހެން ކުލަބް އަކަށް ނުގޮސް މަޑު ކުރުމަކީ އަންނަ ސީޒަންގައި ލިވަޕޫލް ލީގު ތަށި ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ލުއެއް ކަމަށެވެ.

ލިވަޕޫލްގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ސަލާހް މިހާރު ރަޝިޔާގައި ކުރިއަތްދާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅެފައި ނުވާއިރު އޭނާއަށް ވަނީ ޖެހިގެން އައި ދެ މެޗުގަ ވެސް ގައުމީ ޓީމާއި އެކު އެންމެ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވ

ވޯލްޑް ކަޕްގެ އެންމެ މެޗަކުން ވެސް މޮޅުނުވެ މިސްރު މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައިވާއިރު ސަލާހްއަށް މިމުބާރާތުގައި ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ ގޯލްއެވެ.