ޕްރިމިއާ ލީގުގެ މިސީޒަންގެ ރަންބޫޓް، ރަން އަންގި އަދި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިންނަށް ދޭ އެވޯޑް ރޭ ކުޅުނު ލީގުގެ އެންމެ ފަހު މެޗަށް އެވަނަތަށް ހޯދި ކުޅުންތެރިންނާއި ހަވާލު ކޮށްފިއެވެ.
ޕްރިމިއާ ލީގުގެ މިސީޒަންގެ ރަން އަންގި ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަން ހޯދާފައިވާއިރު އެންމެ ގިނަ ލަނޑު ޖަހައިގެންދޭ ރަން ބޫޓް ވަނީ ތިން ކުޅުންތެރިޔަކު ހޯދާފައެވެ.
އެންމެ ގިނަ ލަނޑު ޖަހައިގެންދޭ ރަންބޫޓް ހާސިލުކޮށްފައިވަނީ މިސީޒަންގައި ލީގުގެ ދެވަނަ މަގާމު ހޯދި ލިވަޕޫލްގެ މުހައްމަދު ސަލާޙް،މާނޭ އަދި އާސެނަލްގެ އޯބަމަޔަންއެވެ.
ލިވަޕޫލްގައި މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކައި ޕްރިމިއަ ލީގުގެ މޮޅު ކުޅުންތެރިޔާގެ އަދި އެންެމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި މުޙައްމަދު ސަލާޙް މިސީޒަންގެ ފުރަތަމަ ކޮޅު ގައި އޭނާގެ ފަރާތުން ދަތް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް ފަހުން ކުޅުން ރަނގަޅު ކޮށް އޭނާ ވަނީ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓާއި އަރާފައެވެ.
އާސެނަލްގެ އޮބަޔާން މިލިސްޓަށް އެރީ ރޭ ލީގުގައި ކުޅުނު އެންމެ ފަހު މެޗުގައި ބާންލީ ކޮޅައަށް ޖަހައިދިން ދެ ލަނޑާއި އެކުގައެވެ.
ލިވަޕޫލްގެ މާނޭގެ ފަރާތުންވެސް ލީގުގެ އެންމެ ފަހު މެޗުން ދެލަނޑު ފެނިގެން ދިޔަ މިމެޗަށްފަހު މާނޭ ވަނީ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންނާ އަރާހަމަކޮށްފައެވެ. މާނޭ މިސީޒަންގައި 22 ލީގު ގޯލް ކާމިޔާބުކޮށްދީފައިވައިރު މުޙައްމަދު ސަލާޙް އަދި އޮބަމަޔާންއަށް ވެސް ޖެހިފައިވަނީ 22 ލަނޑއެވެ.
ޕްރިމިއާ ލީގުގެ މިސީޒަންގެ ރަން އަންގި ހޯދާފައިވަނީ ދުނިޔޭގެ ރިކޯޑް ފީއަކަށް އިޓަލީގެ ރޯމާއިން ލިވަޕޫލައަށް ބަދަލުވި ކުޅޭބްރެޒިލްގެ އެލިސަންއެވެ.
އެލިސަން މިމަގާމު ހޯދާފައިވާއިރު އޭނާ ވަނީ މިސީޒަންގައި ލިވަޕޫލް ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 21 މެޗުގައި ބައިކޮޅައަށް ލަނޑެއް ވެދިޔަ ނުދީ ހިފަހައްޓާފައެވެ.