English Edition
Dhivehi Edition

ހުދުމުހުތާރު ވެރިކަމުގެ އެންމެ އިސް ސިފައަކީ ޤާނޫނާ ގަވާއިދުތައް އެއްފަރާތަކަށް ޖައްސާލައި އޭގެ ބޭރުން އަމަލު ކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ

އީޔޫއަށް ތަބާ ނުވެއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ވަރުގަދަ ރައްދެއް ދެއްވަމުން ރައީސް ވަނީ، އެތައް ބަޔަކު ކޯޓު މަރުހަލާއިން ބޭރުން އެތަށް ބަޔަކު ހަޤީގަތުގައިވެސް އެ ވިދާޅުވާގޮތަށް ޗާޓުން ބޭރުން ބަންދުކޮށް ހިފާ ހައްޔަރު ކުރިކަމަށާއި އެއީ ހުދުމުހުތާރު ވެރިކަމަކަށް ނުވަންޏާ ދެން ހުދުމުހުތާރު ވެރިކަމަކަށްވަނީ ކޮންކަމެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.

ރައީސް ޔާމީނަކީ ޚުދުމުހުތާރު ވެރިއެއް ކަމަށާއި، އެފަދަ ވެރިޔަކާ އެކުގައި ނުތިއްބެވުމަށް ގޮވާލާއި ނަޝީދުކުރެއްވި ޓުވިޓާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ އެކުލަވާލެވިފައިހުރި ޤާނޫނުތަކާއި އެކުލަވާލެވިފައިހުރި ގަވާއިދުތަކުގެ ބޭރުން ކަންކަން ކުރަން ފުރަތަމަ އިހްތިޔާރު ކުރީ “ޗާޓުން ބޭރުން” ކަންކަން ކުރައްވާނަމޭ ބުނި ރައީސްކަމަށެވެ ،