English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓް އަކަށް ހަމަޖެއްސާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަށް ނުސީދާ ބަހުން އަހްމަދު މަހްލޫފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ

ޔާމީންގެ ރަނިންމޭޓަކަށް ޝަހީމު ހަމަޖެއްސުމާއި ގުޅިގެން މަހުލޫފު ކުރެއްވި ޓުވީޓުގައިިވަނީ ނަން ހާމަނުކުރައްވާ، ވިދާޅުވީ ދީނީ ތާކިހަލަކީ ފޭކް ދީނީ ތާކިހަލެއް ކަމަށެވެ.މީގެ އިތުރުން މަހްލޫފްވަނީ ރައީސް ޔާމީން ޖަލަށަ ލެއްވީ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނު ކަމަށް ވިދާޅުވެފައެވެ. އަދި ޔާމީންގެ ރަނިންގް މޭޓަކަށް ޑރ ޝަހީމު ހަމަޖެއްސެއްވި އިރު، ޝަހީމުގެ އެންމެ ގާތް އެކުވެރިއާ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން ޖަލުގައި އޮންނަވާތާ 04 އަހަރުވެފައިވާކަމަށެވެ

މީގެ އިތުރުން މަހްލޫފްވަނީ މިފަދަ ބޭފުޅުން ރައްޔަތުންނަށް ހިތްހެޔޮވާނީ ކިހިނެތްތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ