English Edition
Dhivehi Edition
ސައުދީން ރާއްެޖެއަށް ކަދުރު ަ

ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ފަންސާސް ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކުރި ކަދުރާއި ހަވާލުވެފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަމަށެވެ.

ރާއްޖޭގެ ރައްޔިތުނަށް ހަދިޔާކުރި 50 ޓަނުގެ ކަދުރުގެއިތުރުން އިސްލާމިކް މިނިސްޓްރީއަށް ހާއްސަކޮށް ފަސް ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާކަމަށެވެ.

ސައުދީ އަރަބިއްޔާއިން ކަދުރު ހަދިޔާކުރުމުގެ އިތުރުން ހާއްސަ ރޯދަ ވިއްލުމެއްވެސް މިއަދު ވަނީ ދީފައެވެ.

މިދިޔަ އަހަރު ފިޔަވައި ކޮންމެ އަހަރަކުވެސް ސައުދީން އަންނަނީ ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރަމުންނެވެ.