English Edition
Dhivehi Edition
މަސްޖިދުއް ސިއްދީގު ތަޅާލުމަށް ފަހު އުމަރު ޒާހިރު އަޅުއްވައިދެއްވި މިސްކިތް ހުޅުވުން

ދައުލަތަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު، ފުވައްމުލައް ސިޓީގައި އަޅުއްވައި ދެއްވި މިސްކިތް ހުޅުވައިފި އެވެ.

ފުވައްމުލަކު ފުނާޑު އަވަށުގައި ކުރިން ހުރި މަސްޖިދުއް ސިއްދީގު ތަޅާލުމަށް ފަހު އެ ބިމުގައި އަދި ހަމަ އެ ނަމުގައި އުމަރު ޒާހިރު އަޅުއްވައިދެއްވި މިސްކިތް ހުޅުވާފައިވަނީ އިއްޔެގެ އަސްރު ނަމާދަށެވެ، 300 މީހުންގެ ޖާގައިގެ އެ މިސްކިތް ހުޅުއްވައި ދެއްވީ އުމަރު ޒާހިރާ އި އެމަނިކުފާނުގެ ދައުވަތަށް އެ ރަސްމިއްޔާތަށް ވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މީގެ ދެ އަހަރު ކުރިން، ފުވައްމުލައް ސިޓީގެ މަސްޖިދުއް ސިއްދީގު ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވާން ކައިރިވެފައި ހުރި ކަމަށް ބުނެ އެ މައްސަލަ އުމަރު ޒާހިރުގެ ސަމާލުކަމަށް މީހަކު ގެނެސްދިނުމުން، އެ މަނިކުފާނު ވަނީ ފުވައްމުލައް ސިޓީގައި މިސްކިތެއް އަޅުއްވައިދޭން ނިންމަވާފައެވެ.

މި މިސްކިތް އެއްކޮށް ނިމިފައިވަނީ އަމަލީ މަސައްކަތް ފެށިތާ ގާތްގަނޑަކަށް ފަސް ވަރަކަށް މަހުންނެވެ.