English Edition
Dhivehi Edition

ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން އަންހެން ބޭފުޅަކު ކަނޑައަޅައިފި ނަމަ، އެ ބޭފުޅަކު ބަލައިގަންނަން ދަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ރަނިންގްމޭޓަކަށް އަންހެނަކު ކަނޑައެޅުމާ ބެހޭ ގޮތުން އެޕާޓީގެ މަޝްވަރާ މަޖިލީހުން ނުރަސްމީ ގޮތެއްގައި ޖޭޕީއަށް މަޝްވަރާ ހުށަހަޅާފައިވާނެ ކަމަށެވެ. ގާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން އާއިޝަތު ނަހުލާ (އާއިޝާ) ރަނިން މޭޓަކަށް ހަމަޖެއްސުމަށް އެ ޕާޓީގެ ތެރޭގައި ކެމްޕެއިން ކުރަމުން އަންނައިރު އަދާލަތު ޕާޓީން ބުނެފައިވަނީ ގައުމެއްގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ދީނީ ގޮތުން ބަލާއިރު އަންހެންބޭފުޅަކު ހުރުމަކީ ގިނަ އިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ

ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ރަނިންމޭޓަކަށް ނަހުލާ ކަޑައެޅުމާއި މެދު ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތައް އުފެދިފައިވާއިރު މިމަހުގެ 10 ވަނަ ދުވަހު ރަނިންގްމޭޓެއް ކަނޑައަޅައި ދައްކާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ