English Edition
Dhivehi Edition
20 ފެބުރުވަރީ 2023: ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އަދާލަތު ޕާޓީ)

މި އަހަރު ބާއްވާރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. .

މި ގޮތުން އަދާލަތު ޕާޓީން ވަނީ މަޖިލީހުގެ 4 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ދާއިރާތަކަކީ

  • ވައިކަރަދޫ ދާއިރާ
  • މަކުނުދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ފެލިދޫ ދާއިރާ

އަދާލަތު ޕާޓީން ބުނީ މި ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން އެދޭ ފަރާތްތަކުން 23 ޖަނަވަރީ 2024 ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޯމު ފުރިހަމަ ކުރުމަށްފަހު އެ ޕާޓީގެ އިދާރާ, ހ.ފުލިދޫގެ (3 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން, އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ނަމުގައި މި ނޫން ދާއިރާއަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ޕާޓީގެ އިންތިހާބުގެ ކޮމިޓީއަށް އެޑްރެސްކޮށް ސިޓީ ފޮނުވުމަށް އެެދިފައެވެ.