English Edition
Dhivehi Edition
20 ޖޫން 2021: ނަފްރަތުގެ ކުށާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި ބިލާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސް ޞާލިޙާ ހިއްސާކުރަނީ - ފޮޓޯ: އަދާލަތު ޕާޓީ/ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެކު ދެމި ތިބޭނެކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ އެމްޑީޕީ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭ އިން އިންތިހާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަނުން ވަކިވެ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އަށް ތާއިދުކުރުމަށް ނިންމުމާ ގުޅިގެންނެވެ.

މި ގޮތުން އާދަލަތު ޕާޓީން ބުނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހްއަށް ތާޢީދުކުރުންމަތީ ސާބިތުކަމާއެކީ ދެމިއޮތް ކަމަށެވެ. ” މާތް ﷲ ގެ އިރާދަފުޅާއެކު މި އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އެމްޑީޕީ އާއި ރައީސް ސޯލިށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކާއެކުގައި މި ޕާޓީއިން ކުރާނެ” އަދާލަތުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ބާއްވަނ ތިން ދުވަހަށްވެފައިވަނިކޮށް އެމްޑީއޭ އިން އެމްޑީޕީ ކޯލިޝަނާ ވަކިވެފައިވާއިރު އެ ޕާޓީން ބުނީ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ކާމިޔާބު ނުވާނެ ކަމަށް %97 ކައުންސިލް މެމްބަރުން ގަބޫލުކުރައްވާ ކަމަށެވެ.