English Edition
Dhivehi Edition

އިންޑޮނޭޝިޔާގެ ބަލީގެ ‘އަގަންކް ފްލަންގް’ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޯވުމުގެ ސަބަބުން އެއްލައްކަށް އަށް ވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ

އަލިފާން ފަރުބަދައިން ބޭރުވާ އަޅިއާއި ދުންތަށް އެކި ހިސާބުތަކަށް ފެތުރެން ފަށާފައިވާއިރު، މިދިޔަ ދެ ހަފްތާތެރޭވެސް މި އަލިފާން ފަރުބަދަ ވަނީ ދެ ފަހަރެއްގެ މަތިން ގޮވާފައެވެ. މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން މި އަލިފާން ފަރުބަދަ ގޮވާނެކަމުގެ އިންޒާރުދީފައިވާއިރު އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތަކުން ވަނީ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށްޓަކައި އެ ފަރުބަދައާއި 7.5 ކިލޯމީޓަރު ދުރަށް ދިޔުމަށް އަންގާފައެވެ

މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދުމާއި އަޅި އަދި އަލިފާން ދެ ކިލޯމީޑަރު މައްޗަށް އަރައިގެން ދިޔަ އިރު އިންޑޮނޭޝިޔާގެ ޑިޒާސްޓާ އެޖެންސީން ވަނީ މި އަލިފާން ފަރުބަދަ ހިމެނޭ ސަރަހައްދުން މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތްކުރަމުންނެވެ