English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީއިން ރަނިންގ މޭޓަކު ނެރޭއިރު އެކަމުގައި އެމްޑީޕީގެ ބަހެއް އޮންނަން ޖެހޭނެކަމަށް ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕޮރޮގްރާމްގައި ވާހަކަދައްކަމުން ފައްޔާޒް ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ނެރޭނެ މީހަކު ނިންމާކަށް ބާރެއް ނާޅާނެކަމަށާއި ނުފޫޒެއްވެސް ނުފޯރުވާނެކަމަށެވެ. މީގެ އިތުރުން ފައްޔާޒް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެއްބަސްވުމަކަށް އައިސް އެމްޑީޕީއިން ރިޔާސީ ކެންޑިޑޭޓެއް ނެރެން ރުހުންދީ ނިންމި ގޮތަށް، ޖުމްހޫރީ ޕާޓީއިން ނެރޭ ރަނިންގ މޭޓްވެސް ވާން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުގެ ރުހުން ލިބިފައިވާ ބޭފުޅަކަށްކަމަށެވެ

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީތަކުން ރުހުން ދީފައިވާއިރު، ރަނިންގމޭޓެއްގެ ގޮތުގައި ނެރެނޭ ކެންޑިޑޭޓެއް މިމަހުގެ 10 ވަނަ ދުވަހު އިއުލާންކުރާނެކަމަށް ޖުމްހޫރީ ޕާޓީއިން ވަނީ ބުނެފައެވެ