English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ޖުމްހޫރީ ޕާޓީގެ ރަނިން މޭޓަކު އަންނަ އަންގާރަ ދުވަހު ކަނޑައަޅާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ވިދާޅުވީ މި މަހުގެ 10 ވަނަ ދުވަހު ރަނިންމޭޓަކު ހޮވުމަށް ހާއްސަކޮށް ކައުންސިލުން ބައްދަލުވުމެއް ބާއްވާނެކަމަށެވެ.މީގެ އިތުރުން ސަމީރު ވިދާޅުވީ ރަނިން މޭޓަކު ކަނޑައެޅުން ލަސްވާ ކަމަށް ބުނި ކަމަށް ވިޔަސް، ޕާޓީގެ ކަންކަން ނިންމާނެ “ޓައިމް ފްރޭމެއް” އެބަ އޮތް ކަމަށެވެ

މީގެ އިތުރުން ސަމީރު ވިދާޅުވީ ރަނިންމޭޓްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޕާޓީގެ ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް އެއްވެސް މީހަކު އަނެއް މީހާގެ އަބުރު ގެއްލޭފަދަ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށެވެ