English Edition
Dhivehi Edition

މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ ކަމަށް ބުނެ ބާތިލްކޮށްފައިވާ ގިނަ ފޯމްތަކަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތަށް ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ

ރ.އުނގޫފާރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވަނީ ރީރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ސައްހަ ނޫން ކަމަށް ބުނެ 5،000 އަށް ވުރެ ގިނަ ފޯމު ބާތިލު ކޮށްފައި ކަމަށާއި، މީގެ ތެރޭގައި ޖުމްލަކޮށް ގިނައީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުގެ ފޯމްތައް ކަމަށެވެ.

މީގެ އިތުރުން އިބޫ ވަނީ އިލެކްޝަންސް ކޮމިޝަނާއި ވެރިކަން ހިންގާ ޕީޕީއެމާ ގުޅިގެން ރީރަޖިސްޓްރޭޝަން ފޯމުތައް ގަޑުބަޑު ކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. “އަޅުގަނޑުމެން މިފަހަރު ބަލާނަން އެބޭފުޅުންނަށްތޯ އޮޅުވާލެވެނީ ނޫނީވިއްޔާ އަޅުގަނޑުމެންނަށްތޯ ކެރިގެން ކުރިއަށް ދެވޭނީ. ހަމަ އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެހޭނަން” އިބޫ ވިދާޅުވިއެވެ