English Edition
Dhivehi Edition

އަދާލަތު ޕާޓިގެ އަމަޒަކީ އެ ޕާޓީ އިން ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓައި، ސަރުކާރަށް އަގުލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބުކުރުން ކަމަށް އެޕާޓީއިން ބުނެފިއެވެ.ރަ

އީސް އިބްރާހީމް މުހައްދު ސޯލިހުގެ ވެރިކަން ގެންނަން ކޯލިޝަން ހަދައި ގިނަ މަސައްކަތެއް ކުރި އަދާލަތު ޕާޓީއިން ބުނީ އެޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ގައުމުގެ ހަމަޖެހުމަށް އިސްކަންދީގެން ކުރިއަށްދިއުމަކީ އަދާލަތު ޕާޓިގެ އަބަދުވެސް ވިސްނުން ކަމަށެވެ.

މިގޮތަށް އަދާލަތުން ބުނެފައިވާއިރު މަޖިލިސް އިންތިޙާބަށް އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީ އިން ތައްޔާރަށް އޮތް ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރަށް އޮތް ކަމަށެވެ.

ކޯލިޝަންގެ ތެރޭގައި މިހިސާބަށް ކަންތައް ގޮސްފައިވާއިރު ހަތަރުޕާޓީ ބައިވެރިވެގެން ހެދި ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވަނީ، ހަތަރު ޕާޓީ އިން ކޯލިޝަނެއް އުފެއްދީ އިންސާފުވެރި ހެޔޮ ވެރިކަމެއް ގާއިމްކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށް ކަމަށާއި އެހެންކަމުން ޕާޓީގެ މަސްލަހަތަށް ވުރެ ޤައުމީ މަސްލަހަތު އިސް ކުރަން ޖެހޭ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ކޯލިޝަން ރޫޅާ ނުލައި ދެމެހެއްޓުމަކީ އެންމެންގެ ވާޖިބެއް ކަމަށާއި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަތަަރު ލީޑަރުންގެ މައްސޫލިއްޔަތު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.