English Edition
Dhivehi Edition

ރައީސް އަބުދުﷲ ޔާމީިން އަބުދުލްގައްޔޫމް 52 ޕަސަންޓުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ދެއްކެވި ވާހަކަތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ރައްދު ދެއްވައިފި އެވެ

އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ ނިހާން އާއި ތިން ސުވާލެއް ކުރައްވާފަ އެވެ.އެއީ 23 ސެޕްޓެމްބަރުގައި އިންތިހާބު އޮންނާނެތޯ އާއި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އެޕާޓީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ނަން ވޯޓް ކަރުދާހުގައި އޮންނާނެތޯ އެވެ. އަދި ގާނޫން އަސާސީގައިވާ ގޮތަށް ވޯޓްލާ މަރުކަޒުގައި ވޯޓް ގުނައި ނަތީޒާ އިއުލާން ކުރާނަންތޯ އެވެ

މީގެ އިތުރުން މަހްލޫފް ވަނީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތިއްޔާ މިހާރުން މިހާރަށް އިންތިހާބު ބޭއްވުމަށް ގޮވާލާފައެވެ