English Edition
Dhivehi Edition

މީގެ ކުރިންވެސް ހުރިހާ ސަރުކާރަކުން ޔޯގާ ޑޭ ފާހަގަކުރިކަމަށާއި ޔޯގާ ޑޭގެ މައްސަލައަކީ ސިޔާސީ ބޭނުމަށް ކުރާކަމެއްކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފު ވަނީ ޔޯގާ ޑޭގެ މައްސަލައަކީ ސިޔާސީ ބޭނުމެއްގައި ބަޔަކަށް އޮޅުވާލައިގެން ގެއްލުން ދިނުމަށް ބަޔަކު ރާވަމުން އަންނަ ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެކަމަކު ޚިލާފު އުފެދިފަ ހުރި ކަންކަން ވަކި ޝެއިޚަކު އެއީ ހަރާމްކަމަކޭ ބުނުމުން ގަބޫލުކުރަންވީތޯ ވިދާޅުވެ މަހްލޫފު ވަނީ ސުވާލުކުރައްވާފައެވެ. “އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެ ޝެއިހެއް، އަޅުގަނޑުމެން ގަބޫލު ކުރަނީ އެހެން ޝެއިހެއް ދައްކާ ވާހަކަ. އެ ޝެއިހް ބުނާ ގޮތަށް އަޅުގަނޑުމެން އުޅެން ޖެހެނީ، އަޅުގަނޑުމެން ނުޖެހޭ ނޫންތޯ މި ޝެއިހް ބުނާ ގޮތަކަށް އުޅޭކަށް.” މަހްލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ ޔޯގާ އާއި މިއުޒިކު ފަދަ ކަންކަމަކީ ކަނޑައެޅިގެން ވަރަށް ސާފުކޮށް ހަރާމް ކަމެއްތޯ ނުވަތަ ނޫންތޯ، ބުނެދިނުމުން އެކަމަކާ ނޫޅުއްވާނެކަމަށެވެ. “އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން ވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާ މި ހުރިހާ ކަމެއްގައި ހަރާމްތޯ؟ ހަރާމް ނޫންތޯ؟، ސާފުކޮށް ބުނީމަ އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން.” މަހްލޫފު ވިދާޅުވިއެވެ.

އިތުރަށް މަހްލޫފު ވިދާޅުވީ ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން، މިކަމުގެ ނަތީޖާއަކަށް ވެފައި އޮތީ ބަޔަކު ވެރިކަމަށް އައުންކަމަށާއި އެ މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެންކަމަށެވެ. އަދި ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދަން މީގެ ކުރިން ނުކުރާ ކަމެއް މިއަހަރުވެސް ނުކުރާކަމަށް މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން މަހްލޫފު ވިދާޅުވީ ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ގެންދިޔަ ވަގުތު ލައިގެން ތިބި ޓީޝާޓުގައި އިން ލޯގޯ މައްސަލައަކަށް ވެގެން އެވާހަކަވެސް ދެއްކިކަމަށެވެ.

2 ކޮމެންޓް
Innu
ޖޫން 28, 2022
Mee body reyvumeh..mahuloofu beynunvaagothah hukun neren
Innu
ޖޫން 28, 2022
Fathuwaa majilees meehun mithibenee kihine Vera?? Varah rangalhah saafu kodheeba vaanuvaa..