English Edition
Dhivehi Edition

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލާ މަޒުކަޒުތަކުގައި ތިބޭ އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފި އެވެ

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ހޯދުމަށް އިލެކްޝަނުން ކުރި އިއުލާނުގައި ބުނެފައިވަނީ ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިނުވާ އަދި ސިޔާސީ އެއްވެސް ޕާޓީއެއްގެ ރަޖިސްޓްރީވެފައި ނުވާ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް އޮފިޝަލަކަށްވުމަށް ފޯމް ހުށަހެޅޭނެކަމަށެވެ. މީގެ އިތުރުން އެ އިއުލާންގައި ބުނެފައިވާ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމުގެ އިތުރުން އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން ހިމެނެއެވެ

އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.

ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ ރަށު/އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާއަށް އަށް ފޮނުވުމަށް އީސީ އިން ވަނީ އެދިފައެވެ