English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތް އިބްރާހީމް މުހައްމަދު ސޯލިހުއަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާއްސަ ސިޓީފުޅެއް އިބޫ އަށް ފޮނުއްވައިފި އެވެ

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެ، ހާއްސަ ސިޓީފުޅެއް ރައީސް ފޮނުއްވާފައިވާ ކަމަށް ވިދާޅުވެފައިވީ ނަމަވެސް ރައީސް ފޮނުއްވި ސިޓީއާ ގުޅޭ އެއްވެސް ތަފްސީލެއް މުއާޒް ނުދެއްވަ އެވެ

ވެރިކަން ކުރާ ޕާޓީ ޕީޕީއްމެ ގެ އިސް ބޭފުޅުން އިބޫއަށް މަރުހަބާ ކިޔާފައިވާއިރު އިދިކޮޅު އެމްޑީޕީގެ ގިނަ މެމްބަރުން މި އަމަލު ސިފަކުރައްވާފައިވަނީ އިބޫ އާއި ދެކޮޅަށް ޕީޕީއެމް އިން ކުރާ އެންޓި ކެމްޕެއިނެއްގެ ގޮތުގައެވެ