English Edition
Dhivehi Edition

ނައިބު ރައީސަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) އިންތިޚާބުކުރަން ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ

އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ކަމަށް އެމްޑީޕީގެ ބޭފުޅަކަށް އަދި ނައިބު ރައީސްކަން ޖޭޕީ ގެ ބޭފުޅަކަށް ދޭން ނިންމާފައިވާއިރު ރަނިން މޭޓަކަށް އެންމެ އެކަށީގެން ވަނީ ގާސިމް އިބްރާހިމްގެ ހަނގު އަނބިކަބަލުން އައިޝަތު ނަހުލާ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އައިޝާ ނެރެން އޭނާ ތާއީދު ކުރައްވަނީ ނުހައްގުން ޖަލު ހުކުމެއް ކުރައްވާފައިވާ ގާސިމް އިބްރާހިމްގެ ހިތްވަރުގަދަ އާއިލާއަށް އެފަދަ މަގާމެއް ހައްގު ވާތީކަމަށެވެ

މީގެ އިތުރުން އަލީވަހީދު ވިދާޅުވީ ރައީސްކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް އަށް ތާއީދުކުރައްވާކަމަށެވެ