ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވާނެކަމަށް ވިދާޅުވެ ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެ ނަޝީދު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށާއި ހަގީގަތަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނަށް ކުރިމަތި ނުލެއްވެނީ ކަމަށެވެ
ރައީސް ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނުގެ ކިބައިގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތެއް އުނިވެފައިވާއިރު މިއަދު ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރިޔާސީ ޓިކެޓު ދޫކޮށްލެއްވުމަށް ނިންމެވީ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެތީ އެކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ
ނަޝީދުގެ ނިންމުމަށް ގިނަ ބައެއްގެ ތައުރީފްތައް އޮހެމުންދާއިރު ވެރިކަން ކުރާ ޕާޓީގެ މެމްބަރުންވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.