English Edition
Dhivehi Edition

އެއްވެސް ސިޔާސީ ޕާޓީއެއްގައި ހިމެނޭ މީހަކަށް، މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭނެކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ

އިއްޔެ އީސީ އިން ބުނެފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓުގެ ކަންކަން ކުރުމަށް، 4،000 އަށް ވުރެ ގިނަ އޮޮފިޝަލުން ނަގާނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ޕާޓީއެއްގައި ހިމެނޭ އެއްވެސް މީހަކު ބައިވެރި ނުކުރާނެ ކަމަށެވެ. އީސީ އިން ބުނެފައިވަނީ އޮފިޝަލުން ނެގުމުގެ ކުރިން ޕާޓީތަކުގެ ދަފްތަރު ޗެކްކުރާނެކަމަށެވެ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްލަ478 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާއިރު ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި، މަދުވެގެން 5 އޮފިޝަލުން އަދި ގިނަވެގެން 10 އޮފިޝަލުން ބައިތިއްބާނެކަމަށް އީސީ އިންވަނީ ބުނެފައެވެ.