English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ރިޔާސީ ދައުރު ހަމަވާ ތާރީޚާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދާ ރިޔާސީ ދައުރު ހަމަވާ ތާރީޚާ މެދު ގޮތެއް ކަނޑައެޅުމުގެ ގާނޫނީ ލަފައަކަށް އެދިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ޚިޔާލު ތަފާތުވުން އުފެދުނީ މިދިޔަ ރިޔާސީ ދައުރު ގުނަން ފަށާނީ ނޮވެމްބަރު 11 އިން ތޯ ނުވަތަ ނޮވެމްބަރު 17 އިން ތޯ ކަމާ މެދު ކަމަށެވެ

ޝަރީފު ވިދާޅުވީ ރިޔާސީ ދައުރު ހަމަވާ ތާރީޚަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚެއް ނޫން ކަމަށާއި މިކަމާ ގުޅޭ ގާނޫނީ ލަފައަށް މިހާރު އެދިފައިވާއިރު، ލަފާ ލިބުނުހާ އަވަހަކަށް ކޮމިޝަނުން ގޮތެއް ނިންމައި، އެކަން ހިއްސާކުރާނެ ކަމަށެވެ

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2013 ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.