English Edition
Dhivehi Edition

އައްޑޫސިޓީގައި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ އިސްމެހެލާހެރަ ރިސޯޓުގެ 100 ކޮޓަރި ޑިސެމްބަރު މަހު ހުޅުވަން ތައްޔާރު ވަމުންދާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ

ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި އިސްމެހެލަ ހެރަ ރިސޯޓުގެ ސީއީއޯ މޫސާ ދީދީ ވިދާޅުވީ މިހާރު އެރަށުގައި މަސައްކަތް ކުރިއަށް ދަނީ އެއްގަމު ކޮޓަރިތަކުގެ މަސައްކަތަކާއި މޫދު ކޮޓަރިތަކުގެ ބުޑުތައް ޖެހުމާއި ބަނދަރު، އެރަވައިލް ޖެޓީ އާއި ބާ އަދި ރެސްޓޯރެންޓުގެ އިތުރުން ރިސެޕްޝަންގެ މަސައްކަތް ކަމަށެވެ

ރިސޯޓުގެ ނަން ރީބްރޭންޑް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރިސޯޓުގެ ފުރަތަމަ ފޭސް ނިމި ރަށް ހުޅުވާނީ އާ ނަމާއެކު ރީބްރޭންޑް ކޮށްގެންކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.އިސްމެހެލާ ހެރަ ޑިސެމްބަރު މަހު ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެ ރިސޯޓުގެ 60 ރޫމް މިހާރުވެސް ވަނީ ވިއްކާލާފައެވެ.

އިސްމެހެލާ ހެރައިގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ފަށާފައިވާއިރު މި ރިސޯޓު ހުޅުވިގެން ދިއުމުން 650 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީ ކުރަމުން ގެންދާ މި ރިސޯޓުގައި ޖުމްލަ 240 ކޮޓަރި ހުރެ އެވެ. އެއީ 110 ވޯޓާ ވިލާ އާއި 30 އޯޝަން ވިލާގެ އިތުރުން 70 ކޮޓަރި އެވެ.

1.5 ކިލޯ މީޓަރުގެ މި ރަށުގެ މަސައްކަތާއެކު، އިސްމެހެލާ ހެރައާއި ކައިރީގައި އޮންނަ ކެޑެވާހެރަ ކުޑަ ބްރިޖަކުން ގުޅުވާލުމަށްފަހު އެ ރަށުގައިވެސް މޫދު ކޮޓަރިތަކެއް ތަރައްގީ ކުރާނެ އެވެ