ސައުތު ޕާމް ރިސޯޓުގައި ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ
6 ދުވަސް ކުރިން
އައިޝަތު ނަޖާ

އައްޑޫ ސިޓީގައި ދާދި ފަހުން ހިދުމަތް ދޭން ފެށި ސައުތު ޕާމް ރިސޯޓުގައި ދިވެހި މުވައްޒަފަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ވިދާޅުވީ  އޭނާ ޑިއުޓީއަށް ނައިސްގެން ބެލިއިރު އޭނާގެ ނިދާ ކޮޓަރީގައި ހަރަކާތެއް ނެތި އޮތުމުން އޭނާއަށް ވެފައި އޮތްގޮތް ބެލުމަށް ހުޅުމީދޫ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.

މިމައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:19 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.. އަދި ހުޅުމީދޫ ހެލްތު ސެންޓަރަށް އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

Advt

Advertisement

މަރުވެފައި އޮއްވާ ފެނުނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ވިދާޅުވެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ސައުތު ޕާމް ރިސޯޓުގައިވަޒީފާ އަދާ ކުރަމުންދިޔަ    ފޭދޫ އަންދަލީބުގޭ އިކްލީލު އެވެ.