English Edition
Dhivehi Edition

މިއަދު މެންދުރުފަހު އައްޑޫ ސިޓީގައި، ސައިކަލް ކަހާލައިގެން ވެއްޓި ދެ ކައުންސިލަރަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ

މިއަދު މެންދުރު ފަހު 13:30 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒްއާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފަށެވެ. މި ހާދިސާގައި ހިޔާޒްގެ އަތުގެ ކުޑަހުޅު ނައްޓައިގެން ގޮސްފައިވާ އިރު ޔަސްރިފްގެ އަނގަމަތިން ފަޅައިގެން ގޮސް ދެ ތުންފަތް ވަނީ ދުޅަވެފައެވެ.