English Edition
Dhivehi Edition

ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދަށުކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލު ކޮށްފި އެވެ

އެ ހުކުމް އަލީ ހަމީދުގެ ފަރާތުން ހައިކޯޓު އިސްތިއުނާފުކުރި އިރު، ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކުރުމަށެވެ.

އަލީ ހަމީދު ޖަލަށް ލާން ހުކުމް ކުރީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން، ތަހުގީގަށް އޭނާގެ ފޯނު ދޭން ދެކޮޅު ހެދުމުން އޭނާއާ ދެކޮޅަށް ކުރި، އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެމައްސަލާގައި އަލީ ހަމީދު އާ ދެކޮޅަށް ދައުލަތުން އުފުލީ އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާއެވެ

ދަަށުކޯޓުގެ ހުކުމުގައި ބުނެފައިވަނީ އަލީ ހަމީދު ފޯނު ގެންގުޅުނުކަން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ އަދި ފުލުހުންގެ އެންގުމާއި އެއްގޮތަށް ފޯނު ދީފައިނުވާކަންވެސް ހެކިބަހުން ސާބިތުވާކަމަށް ހުކުމުގައި ވަނީ ބުނެފައެވެ