English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އެކުލަވާލާނެ ކެބިނެޓެއް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ ބައިވެރިނުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއުލާން ކުރައްވައިފި އެވެ

މިއަދު ޖަރުމަނުވިލާތުގައި ހުންނަވައިގެން ގާސިމް ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ރައީސުލްޖުމްހޫރިއްޔާ އަކީ އޭނާ ކަމަށާއި ނައިބު ރައީސަކީ މިހާރުގެ ސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުކަމަށެވެ

ޖުމްހޫރީ ޕާޓީގެ ޝެޑޯ ކެބިނެޓްގައި އެމްޑީޕީއަށް އެއްވެސް ޖާގައެއް ދީފައިނުވާއިރު ދެން ހިމެނެނީ އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ތާއިދު ކުރައްވާ ބޭފުޅުންނެވެ.ޖުމްހޫރީ ޕާޓީއެއްގެ ވެރިކަމެއްގައި 20 މިނިސްޓްރީ އުފައްދަވާނެކަމަށް ގާސިމް ވިދާޅުވެފައިވާއިރު އެ މިނިސްޓްރީތަކަށް އައްޔަން ކުރައްވާނެ ބޭފުޅުންވެސް ގާސިމް ވަނީ އިއުލާން ކުއްރައްވާފައެވެ.

ޖުމްހޫރީ ކޯލިޝަންގެ ކެބިނެޓް:

1- ރައީސް: ގާސިމް އިބްރާހީމް

2- ނައިބު ރައީސް: މުހައްމަދު ޖަމީލް އަހުމަދު

3- ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން

4- ފިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ

5- ޑިފެންސް މިނިސްޓަރު: އަލީ ވަހީދު

6- ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒް

7- ޓޫރިޒަމް މިނިސްޓަރު: މުހައްމަދު ނާޒިމް

8- ހައުސިން މިނިސްޓަރު: ޝޭހް އިމްރާން އަބްދުﷲ

9- އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން

10- ނެޝަނަލް ޕްލޭނިން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް

11- އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ރަޝީދު

12- ބަންޑާރަ ނައިބު: ނޫރުއްސަލާމް

13- ހަޔާ އެޑިއުކޭޝަން މިނިސްޓަރު: އަހުމަދު ރިޔާޒް

14- ހެލްތު މިނިސްޓަރު: ޑރ. ޝާހް މާހިރު

15- ޖެންޑާ އެންޑް ސޯޝަލް ސިކިއުރިޓީ މިނިސްޓަރު: ޝިދާތާ ޝަރީފް

16- ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް

17- ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު: އަމީން އިބްރާހީމް

18- ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު: ޑރ. ހުސެއިން ރަޝީދު ހަސަން

19- ހިއުމަން ރިސޯސަސް އެންޑް ލޭބަ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން

20- އެންވަޔަރްމެންޓް އެންޑް އެނާޖީ މިނިސްޓަރު: މުހައްމަދު ފަޔާޒް

ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހަމަޖެއްސުމަށް ހުށަހަޅުއްވާނެ ކަމަށާއި މަޖިލީހުގެ ނައިބު ރައީސަކަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ނަން ހުށަހަޅާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.