English Edition
Dhivehi Edition

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލު ހުކުމަށް ފިލައިގެން އުޅޭ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ޓްވިޓާ މެދުވެރިކޮށް އެ ދެ ބޭފުޅުންނަށް ފުލުހުން ޗިޓު ރައްދުކޮށްފައި ވާ އިރު ޗިޓުގައި ބުނެފައިވަނީ ދެ ބޭފުޅުންވެސް ހާޒިރުކުރަން ބޭނުންވަނީ ހުކުމަށް ފިލައިގެން އުޅޭ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގުމަށް ކަމަށެވެ. މީގެ އިތުރުން އެ ޗިޓުގައި ބުނެފައިވަނީދެ ނަޝީދު އާއި ގާސިމް އަކީ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ރޭއްޖެއިން ބޭރަށް ބޭސްފަރުވާ ކުރުމަށްޓަކައި ފޮނުވާލެވި، އަދި އެކަމަށް ދިން މުއްދަތު ހަމަވުމުންވެސް އެނބުރި ރާއްޖެ ނައިސް، ހުކުމަށް ފިއްލަވައިގެން އުޅުއްވާ ދެ ބޭފުޅުން ކަމަށެވެ.
ރައީސް ނަޝީދު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށެވެ. ގާސިމްއަށް އަންގާފައިވަނީ އެ ދުވަހުގެ މެންދުރު 14:00 އަށެވެ.