މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ހިސޯރުކޮށްފައި ތިބި މުއައްސަސާތަކެއްގެ ބެލުމުގެ ދަށުން ހިންގާ ރިޔާސީ އިންތިޚާބެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ
ރިޔާސީ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ “ޖަޒީރާ ރާއްޖެ” ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރޮޒެއިނާ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބަކީ ނަމުގައި “މިނިވަން” އެކަމަކު ކަމުގައި “އަޅުން” ތިބެގެން ބާއްވާ އިންތިޚާބެއް ކަމަށެވެ.ރިޔާސީ އިންތިހާބުގެ ކަންތައްތައް ކުރިއަށްދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ރޮޒެއިނާ ވިދާޅުވިީ އެމްޑީޕީން ރިޔާސީ އިންތިޚާބަށް ނިކުންނާނީ ރައީސް އަބްދުﷲ ޔާމީން ދެއްކެވި “ދަނޑެއްގައި” ރައީސް ޔާމީން ބެހެއްޓެވި “ރެފްރީއަކާ” އެކީގައި ކަމަށާއި އަދި “ގޯލް ދަނޑި” ކޮންމެ ހިސާބެއްގައި ބެހެއްޓިޔަސް، ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.
އީސީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ހިސޯރްކޮށްފައި އޮތުމުން ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެހެންނަމަވެސް އެމްޑީޕީ ސަޕޯޓަރުން އިންތިހާބަށް ނިކުންނާނީ ބިރުފަހަނަޅާ ގޮސްކަމުގައެވެ