ޖުމްހޫރީ ޕާޓީއާ ގެ ރައީސްކަމަށް، ދާދިފަހުން އެ ޕާޓީއާއި ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކުރިމަތިލައްވައިފިއެވެ
މިއަދު ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލައްވަނީ އެ ޕާޓީ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށެވެ. މީގެ އިތުރުން އަލީވަހީދު ވިދާޅުވީ އެމަގާމަށް ކުރިމަތިލީ ދުރިހާ ރައްޔަތުންގެ ހާދިމަކަށްވެ އިހްލާސްތެރި މަސައްކަތެއްކޮށްދިނުމުގައި ބޭނުމުގައި ކަމަށެވެ
ޖޭޕީ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި އަލީ ވަހީދުވަނީ ސަރުކާރާ ދެކޮޅަށް ކުރި މޭ ޑޭގެ ބޮޑު މުޒާހަރާއަށް ފަހު އަމިއްލައަށް އަރުވާލެއްވިގެން ރާއްޖޭން ބޭރުގައި އުޅުއްވަމުންވެސް ރާއްޖޭގެ ސިޔާސީކަންތައްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެފައެވެ