English Edition
Dhivehi Edition

ރާއްޖޭގައި ކުށްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެކަންކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

އުމަރުގެ ވެރިކަމެއްގައި ސިޔާސަތުތައް ހާމަކުރައްވަން މިއަދު ނެރުއްވި ވީޑީއޯއަކީ މަސްތުވާތަކެއްޗާއި ގޭންގްތަކާ ބެހޭ ސިޔާސަތާ ގުޅޭ ވީޑިއޯއެކެވެ. އުމަރު ވިދާޅުވީ ހުރިހާ ކުށެއް ފެށިގެން އަންނަނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލި އެތައް ގޭންގްތަކެއް އުފެދި މީހުން މެރުން އާންމުވެ ރައްޔިތުންވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް ވާހަކަދައްކާތާ 10 އަހަރު ވެފައިވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން މިކަންކަން ހައްލުކުރުމަށް މާބޮޑު ފިޔަވަޅެއް އެޅިފައި ނުވާކަމަށެވެ

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ ކަމަށެވެ