English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ފާހަގަކޮށް، އިދިކޮޅު އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ

އެމްޑީޕީން ވަނީ ވޯޓާސް ލިސްޓުގައި ހުރި ކަންބޮޑުވުންތައް އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންނާއި ބައްދަލުކުރައްވައި ހިއްސާކޮށްފައެެވެ.

އެމްޑީޕީއިން ބުނެފައިވަނީ އައިޑީ ކާޑު ނުހިމަނައި ވޯޓާސް ލިސްޓު އާންމު ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި މި ޝަކުވާއަކީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ވެސް އެމްޑީޕީން އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް ގެނައި ކަމެއް ކަމަށެވެ

ވޯޓާސް ލިސްޓާއި މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު ލިސްޓުގައިި ނަން އޮތްތޯ އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެއެވެ،