English Edition
Dhivehi Edition

ދަރިފުޅާއި އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ދެން ކޮންމެ އަހަރަކުވެސް ފެނިގެންދާނީ ކަރީނާ ކަޕޫރްގެ އެންމެ ފިލްމެއް ކަމުގައި އޭނާ ބުނެފިއެވެ.

ކަރީނާ ބުނެފައިވަނީ ދަރިފުޅު ތައިމޫރް ލިބުނު ފަހުން އޭނާ އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިފުޅާއި އާއިލާއަށް ކަމެށެވެ.” އަހަރެންގެ ބޮލުގައި މިވަނީ ވަރަށް ބޮޑު ޒިންމާއެއް އެޅިފަ. އަހަރެން މިހާރު އެންމެ ބޮޑު އިސްކަމެއް ދަނީ އާއިލާއަށް”ކަރީނާ ވަނީ ބުނެފައެވެ

ދަރިފުޅު ވިހެއުމަށްފަހު ކަރީނާ ކުޅެފައިވާ ފުރަތަމަ ފިލްމު ވީރޭ ދި ވެޑިން ސްކްރީންތަކުގައި އެޅުވުމަށް ތައްޔާރުވަމުން އަންނަ އިރު ކަރީނާ ބުނެފައިވަނީ ދެން ރައްޓެހިންނަށްޓަކަިއ ނުވަތަ އެނޫންވެސް ސަބަބަކާހުރެ ފިލްމެއް ނުކުޅޭނެކަމަށެވެ. އަދި އަހަރަކަު އެއްފަހަރަު ފިލްމަކުން ފެނިގެންދާއިރު އޭނާ ބޭނުންވަނީ ވަރަށް ރަގަޅު މޮޅެތި ފިލްމުތައް އަމިއްަލައަށް ބެލުމަށްފަހު ކުޅެން ކަމުގައި ކަރީނާވަނީ ބުނެފައެވެ.

ކަރީނާ މިއަހަރު ކުޅޭ ކަރަން ޖޯހަރްގެ ފިލްމުގެ ޝޫޓިން އަންނަ ނޮވެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނަ އިރު އެ ފިލްމުގައި ކަރީނާ އާއި އެކު ފެނިގެންދާނީ އަކްޝޭ ކުމާރު އެވެ