English Edition
Dhivehi Edition

ލ. ގަމުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ، މަތިމަރަދޫ އަވަށުގައި ހިންގި މާރާމާރީއާ ގުޅިގެން އުމުރުން 28 އަހަރާއި 29 އަހަރުގެ ދެ ފިރިހެނަކު މިއަދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މޫނުނިވާ ކޮށްގެން ތިބި ގުުރޫޕަކުން ރޭ ދަންވަރު މަތިމަރަދޫ އަވަށުގެ، 21 އަހަރުގެ ޒުވާނެއްގެ މޫނާއި އަރިކަށި އަދި ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު އޭނާއަށް އަންނަނީ ގަމު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ .