އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބަކީ ޑިމޮކްރަސީއަށް ކުރި ބޮޑު މަލާމާތެއްގެގޮތުގައި ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ސިފަކުރައްވައިފިއެވެ
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާލުވީ ޤާނޫނާ ޚިލާފަށް ކުރިއަށްގެންދިޔަ ޕްރައިމަރީ ހުއްޓުވުމަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ނިކުތްކަމަށެވެ. އެ އެކަމަށް އެއްބާރުލުން ނުދީ ޕްރައިމަރީގެ ކަންކަން ކުރިއަށްގެންދިޔައީ އެމްޑީޕީން ގެންގުޅުނު ބޯދާ ގޮތްތަކާ ގުޅިގެންކަމަށް އަޒްލީންވަނީ ވިދާޅުވެފައެވެ
މީގެ އިތުރުން އަޒްލީން ވިދާޅުވީ އެމްޑީޕީގެ އެ އަމަލުތަކަކީ ޑިމޮކްރަސީއަށް އިޙްތިރާމްކުރާ، ޤާނޫނާއި ޤަވައިދުތަކަށް އިޙްތިރާމްކުރާ ބަޔަކު ކުރާނެ ޢަމަލެއް ނޫންކަމަށެވެ