English Edition
Dhivehi Edition
ފޮޓޯ: އެމްޑިޕީ

ޓެކްސް ބޮޑުކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ދޯދިޔާ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދ. މީދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވީ ފިކުރެއްގެ ދިރުމުގައި ކަމަށެވެ.

އެއީ އާމްދަނީ އިތުރުވެފައި އާންމު ހާލަތު ރަނގަޅުވެ، ތަނަވަސްކަން މަތީގައި އުޅެވޭނޭ އުންމީދެއްގެ ފިކުރުގައި ކަމަށާއި ސަރުކާރުން ޓެކްސް ބޮޑުކޮށް ރައްޔިތުންގެ އަތުން އަތުލާ މިންވަރު އިތުރުކޮށް ތަކެތީގެ އަގުތައް ބޮޑުވެފައިވާތީ އެމަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

“ޓެކްސް ބޮޑުކޮށް ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ދޯދިޔާ ވިސްނުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން.” ރައީސް ނަޝީދު ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދުު ނަޝީދެވެ.

މި އިންތިޚާބަށް އެ ދެ ބޭފުޅުން ވެސް މިހާރު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން ނެވެ.