English Edition
Dhivehi Edition
މިނިސްޓަރ އަޒްލީން

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު އައްޔަން ކޮށްފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާ އަޒްލީން، އެ ޕާޓީގެ އެސްޖީ ކަމަށް އައްޔަން ކުރީ މިއަދު އެވެ.

ޖުމްހޫރީ ޕާޓީގެ އެސްޖީކަމަށް އަޒަލީން އައްޔަންކޮށްފައި މިވަނީ އެ ޕާޓީގެ މިހާރުގެ އެސްޖީ އަލީ އާރިފް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މީޑިއާތަކުގައި ހަބަރު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް އަލީ އާރިފް ވަނީ އަދި އެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ދޫކޮށްލެއްވި ނަމަވެސް، ޕާޓީ ދޫކުރައްވައި ވަޑައިގަތުމުގެ ވިސްނުމެއް ނެތްކަމަށް އަލި އާރިފް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ޖުމްހޫރީ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީ އަށްފަހު އެ ޕާޓީން ވަނި އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ބަޔަކާ ކޯލިޝަން ނަހަދަން ނިންމާފައެވެ.