މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. މާމެންދޫ ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިންގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް ވޯޓުފޮށި އަންދާލައިފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ވޯޓް ފޮށި އަންދާލާފައިވަނީ ވޯޓް ކަރުދާސް ހުސްވުމާއި ގުޅިގެން އުފެދުނު ދެބަސްވުން ތަކުގެތެރޭ ގައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށް އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.