English Edition
Dhivehi Edition

ގުޅިފައިވާ ކޯލިޝަނުން އެއް ކެނޑީޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތުގެ ހުރަހަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވާނެކަމުގެ ޔަގީންކަން އެމަނިކުފާން ދެއްވައިފިއެވެ

ނަޝީދުއަށް އަމާޒުކޮށް ގާސިމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ނަޝީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރައީސް ޔާމީން އާއި ވާދަވެރި ފަރާތްތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތުގެ ހުރަހަކަށް އެމަނިކުފާނު ނުވާނެކަމަށެވެ. އަދި ގުޅިފައިވާ ކޯލިޝަނުން ނެރޭނީ އެއް ކެނޑިޑޭޓެއްކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން ނަޝީދު އާންމުކޮށް ވިދާޅުވާ ބަސްފުޅު ތަކުރާރުކުރައްވައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީން އަބްދުލް ގައްޔޫމް ބޮޑުތަނުން ބަލިކުރާނެ ކަމަށެވެ