English Edition
Dhivehi Edition

އިންސްޓަގްރާމަށް އެންމެ ފަހުން ގެނައި އަޕްޑޭޓާއެކު ފޭސްބުކްގެ ނޮޓިފިކޭޝަންތައް ވެސް އިންސްޓަގްރާމަށް އަންނަ ގޮތަށް ހަދައިފިއެވެ

އިންސްޓަގްރާމަށް ގެނައި ބަދަލާއެކު އިންސްޓަގްރާމް ޕްރޮފައިލް ޕޭޖުގެ ކަނެއްގައި ފޭސްބުކްގެ އައިކަން އާއެކު ފޭސްބުކްއަށް ނޮޓިފިކޭޝަން އަންނަ ކަން އިންސްޓަގްރާމު މެދުވެރިކޮށް އަންގައިދެއެވެ. އަދި ފޭސްބުކް އައިކަން އަށް ފިތާލުމުން ފޭސްބުކް އެޕްލިކޭޝަން ހުޅުވޭއިރު ފޭސްބުކާއި އިންސްޓަގްރާމް ލިންކް ނުކޮށް ހުންނަ މީހުން، އެ އައިކަން އަށް ފިއްތާލުމުން ފޭސްބުކް ހުޅުވަން ބޭނުންވާކަމަށްބުނެ ނޮޓިފިކޭޝަނެއް އާދެއެވެ

މި ބަދަލަކީ އިންސްޓަގްރާމުން ދާއިމީކޮށް ގެނައި ބަދަލެއް ކަން އެދި ހާމަކޮށްފައިނުވާއިރު ހަބަރުތައް ބުނާގޮތުން މިއީ އިންސްޓަގްރާމުން “ޓެސްޓަކަށް” ކުރި ކަމެކެވެ