English Edition
Dhivehi Edition

ސޯޝަލްމީޑިޔާގެ ގޮތުގައި ބޭނުންކުރަމުން އަންނަ އިންސްޓާގްރާމް 10 އަހަރަށްފަހު އަނެއްކާވެސް ބޮޑެތި ބަދަލުތަކަކާއެކު އަޕްގްރޭޑްކޮށްފިއެވެ.

އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ހާމަކުރާ ގޮތުގައި އިންސްޓަގްރާމްއަށް ގެނެސްފައިވާ ބަދަލަކީ އިންސްޓަގްރާމް އަޕްޑޭޓް ނުކުރާތާ މިހާރު ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށާއި މީހުންގެ ބޭނުންތަކާއި ސަގާފަތަށް ބޮޑު ބަދަލެއް އައިސްފައި ވުމުން ގެނެވުނު ބަދަލެކެވެ.

އިންސްޓާގްރާމުން ފެނިގެންދާނެ ބައެއް ބަދަލުތަކަށް ބަލާލާއިރު އެޕްގެ ހޯމް ސްކްރީނަށް ރީލް އާއި ވިޔަފާރިއަށް ހާއްސަ ޝޮޕް ޓެބެއް ވެސް ފެނިގެންދާނެއެވެ.

އިންސްޓާގައި ޓިކްޓޮކޭ އެއްފަދައިން ވީޑިޔޯ ރީލްކޮށްގެން ރީލް ޓެބްއިން ކުދި ވީޑިޔޯތައް މިހާރު ބަލައިލެވޭނެއެވެ.

މީގެ އިތުރުން ގެނެވުނު ދެވަނަ ބަދަލަކީ އިންސްޓާގްރާމް މެދުވެރިކޮށް ވިޔަފާރި ކުރެވޭ ގޮތަށް ހެދުމެވެ. ހޯމްސްކްރީންގައި ޝޮޕް ޓެބެއް އިންނާނެއެވެ. އެޓެބް މެދުވެރިކޮށް ވިޔާފަރިކުރެވޭނެއެވެ. ބޭނުންވާ އެއްޗެހި ފަސޭހައިން ހޯދޭގޮތަށް މިހާރުވާނީ ފަރުމާކުރެވިފައެވެ.

އިންސްޓާގްރާމަކީ ދިވެހިންގެ ތެރޭގައިވެސް މިހާރަކަށް އައިސް ކުރިއަރަމުން އަންނަ ސޯޝަލް މީޑިޔާއެކެވެ. ވިޔަފާރި އިޝްތިހާރުގެ އިތުރުން ޗެޓްކުރަންވެސް އިންސްޓާގްރާމް ބޭނުންކުރެއެވެ.