English Edition
Dhivehi Edition

އިންސްޓްގްރާމްގައި ޕޯސްޓު ކުރާ ފޮޓޯތަކާއި ވީޑިއޯތައް ޝެޑިއުލްކޮށް ވަކި ވަގުތެއްގައި ޕޯސްޓު ކުރެވޭ ފީޗަރއެއް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި “މެޓާ” އިން ބުނެފިއެވެ.

“މެޓާ” ގެ ސްޕޯކްސްޕާސަނެއް ބުނީ އެކުންފުނިން އަންނަނީ އިންސްޓަގްރާމަށް އައު ފީޗަރއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންކަމަށާއި އިންސްޓްގްރާމްގައި ޕޯސްޓު ކުރާ ފޮޓޯތަކާއި ވީޑިއޯތައް ޝެޑިއުލްކޮށް ވަކި ވަގުތެއްގައި ޕޯސްޓު ކުރެވޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ،

މިހާރު ބީޓާ މަރުހަލާގައި އޮތް މި ފީޗަރ، ބައެއް ޑިވެލޮޕަރުންނަށް ދީގެން ޓެސްޓު ކުރަން ފަށާފައިވާއިރު އާންމުންގެ ބައެއް މީހުންނަށް ވެސް މި ފީޗަރ ފެންނަ ގޮތަށް މެޓާއިން ވަނީ ހަދާފައެވެ. މިއާ ފީޗަރ އާއި އެކު އިންސްޓަގްރާމަށް ޕޯސްޓެއް ލުމުގެ ކުރިން އެ ޕޯސްޓު ލާން ބޭނުންވާ ވަގުތެއް ކަނޑައެޅޭނެއެވެ. އަދި ޕޯސްޓުކުރާ ދުވަހުގެ އިތުރުން ވަގުތުވެސް ސެޓުކޮށްލެވޭއިރު އެ ވަގުތަކަށް ޕޯސްޓު އަމިއްލައަށް ޓައިމްލައިނަށް އަޕްލޯޑްވެގެންދާނެއެވެ.

އިންސްޓަގްރާމް އިން އަލަށް ޓެސްޓް ކުރާ ފީޗަރ ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައިނުވާއިރު އަވަސް މުސްތަގުބަލެއްގައި މި ފީޗަރ ބޭނުންކުރެވޭ ވަރުވާނެކަމަށް އެ ފަރާތުން ވަނި ބުނެފައެވެ.