English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: މިހާރު

ރާއްޖޭގެ ހައިކޯޓުން އިންސްޓަގްރާމްގައި އެ އިދާރާގެ އެކައުންޓެއް ހުޅުވަން ނިންމައިފިއެވެ.

ހައިކޯޓުގެ އިންސްޓަގްރާމް އެކައުންޓެއް ހުޅުވުމަށް ނިންމަވައިފައިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުންނެވެ. އެކޯޓުން ބުނި ގޮތުގައި އިންސްޓަގްރާމް އެކައުންޓު ހުޅުވުމުގެ ބޭނުމަކީ އެ ކޯޓުގެ އިދާރީ ހިންގުމާއި ހައިކޯޓާ ބެހޭ މައުލޫމާތުތައް ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް ޢާއްމުންނަށް ފެންނާނޭހެން ހުޅުވާލުމަށް ކަމަށެވެ.

ހައިކޯޓުން މިހާރުވެސް މީސްމީޑިއާ މެދުވެރިކޮށް އެ ކޯޓުގެ ޝަރީއަތްތަކާ ބެހޭ މައުލޫމާތާއި ނިންމުންތައް ހިއްސާކުރަމުން އަންނަ އިރު ކޮވިޑް19 އާ ގުޅިގެން ކޯޓުގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދަންވެސް އެކޯޓުން ވަނީ ފަށައިފައެވެ.

އެގޮތުން ޝަރީއަތްތައް އެކޯޓުން އަންނަނީ ޔޫޓިއުބާއި ޓްވިޓާ މެދުވެރިކޮށް ލައިވް ކުރަމުންނެވެ.