English Edition
Dhivehi Edition

އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކޭޓް ސްޕޭޑް އަމިއްލައަށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ކޭޓް މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅެމުންދާ ޕާކް އެވެނިއު އެޕާޓްމަންޓްގެ ތެރެއިންނެވެ. އުމުރުން 55 އަހަރުގެ ކޭޓްގެ މަރުގެ މައްސަލަ ނިއުޔޯކް ފުލުހުން ތަހުގީގުކުރަމުން އަންނައިރު ފުލުހުން ބުނެފައިވަނީ ކޭޓް މަރުވުމުގެ ކުރިން ލިޔެފައި އޮތް ނޯޓްކޮޅެއް ވެސް ފެނިފައިވާ ކަމަށެވެ

ކޭޓް އަމިއްލައަށް މަރުވި ހަބަރާއެކު ބޮޑު ހައިރާންކަމެއް ލިބިފައިވާ އޭނާގެ ފިރިމީހާ އެންޑީ ބުނެފައިވަނީ ކޭޓް މަރުވުމުގެ ކުރިންވެސް ދަރިފުޅާއި އެންޑީ އާއި ދެމީހުންނާ ވާހަކަދެއްކި ކަމަށެވެ.

ކޭޓް އާއި އެންޑީ ދިމާވި މައްސަލަތަކެއްގެ ސަބަބުން ވަކިން ދިރިއުޅެމުން އަންނަތާ 10 މަސްވެފައިވާއިރު އެދެމީހުންގެ 13 އަހަރުގެ ދަރިފުޅު އުޅެމުންދަނީ ދެމީހުންނާއެކު ކަމަށް އެންޑީވަނީ ބުނެފައެވެ. އަދި ކޭޓް މަރުވިރޭ ދަރިފުޅު އުޅުނީ އެންޑީއާއި އެކު ކަމަށާއި އެ ދެބަފައިންނާއި ކޭޓް ވާހަކަދެއްކި އިރު އެއްވެސް ކަހަލަ ކަންބޮޑުވުމެއް ނެތްކަމަށް އެންޑީ ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު ކޭޓްގެ އާއިލާއިންވަނީ މި ހިތާމަވެރި ދަނޑިވަޅު އެމީހުންގެ އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން އެހެންމީހުން ވާހަކަ ނުދެއްކުމަށް އެދިފައެވެ

1993 ވަނަ އަހަރު ފރިމީހާ އާއި ގުޅިގެން އަމިއްލަ ވިޔަފާރިއެއް ފަށާފައިވާ ކޭޓް އަކީ މުޅި އެމެރިކާގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެޝަން ޑިޒައިނަރެކެވެ.