English Edition
Dhivehi Edition

ރިޔާސީ އިންތިހާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ޖަލަށްލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ

އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބަށް ފަހު ހަމަ ޔަގީނުންވެސް ޔާމީން އަބްދުލް ގައްޔޫމު ނުހުންނަވާނެކަމަށެވެ.އަދި އީސީގެ ހުރިހާ މެމްބަރުންގެ މައްޗަށް ބޮޑެތި ދައުވާތައް އުފުލި ޖަލަށް ލެވޭނެކަމަށް އިންތިވަނީ ބުނެފައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ގެ ފޮޓޯ އާއި އެކު އިންތި ވަނީ އެމްޑީޕީއަށް ބިރުދައްކަމުންދަނީ ވަކި އަތަކެއް ނުޖެހޭ ފަރާތެއްތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ.