English Edition
Dhivehi Edition

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މީޑީއާ އާއި ހިއްސާކުރުމުގެ ކުރިން އެ ވާހަކަތައް ރަންބީރު ދީޕިކާ އާއި ހިއްސާކޮށްފައިވާކަމަށް މި ދެތަރިންގެ ގާތް ފަރާތަކުން ބުނެފިއެވެ

އާލިއާ އާއި ރަންބީރުގެ ގުޅުމުގެ ވާހަކަތައް މީޑިއާގައި ދެކެވެމުންދާ މި ދުވަސްވަރު ރަންބީރާއި ދީޕިކާގެ އެކުވެރިޔަކު ބުނެފައިވަނީ ރަންބީރު ހުރިހާ ވާހަކަައެއްވެސް އޭނާގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ އާއި ހިއްސާ ކުރާކަމަށެވެ،. މި ގޮތުން އާލިއާ ގެ ވާހަކަތައްވެސް އާއިލާއާއި ރަހްމަތްތެރިން އަދި މީޑިއާގައި ހިއްސާކުރުމުގެ ކުރިން ދީޕިކާއާއި ހިއްސާކޮށްފައިވާ ކަމަށާއި އެ ދެމީހުންގެ ގުޅުމާއި މެދު ދީޕިކާ ވަރަށް ބޮަޑަށް ހިތްހަމަޖެހޭކަމަށް އެ ފަރާތުންވަނީ ބުނެފައެވެ. “ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުން ދޭތެރޭ އެހާ ރަގަޅު އެކުވެރިކަމެއް އޮތުމަކީ ވަރަށް މަދުން ނޫނީ ނުވާކަމެއް. އެކަމަކު ރަންބީރު އާއި ދީޕިކާ އެއީ ވަރަށް ގާތް ދެމީހުން.” ދެތަރިންގެ އެކުވެރިޔާ ވަނީ ބުނެފައެވެ.

މީގެ ކުރުން ރަންބީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާއިރު ރަންބީރުވަނީ މަޝްހޫރު ތަރި ކެޓްރީނާ އާއި އެކުވެސް ގިނަ ދުވަސްތަކެއްވަންދެން އުޅެފައެވެ.